ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެމްޕިއެލްގެ މުވައްޒަފަކުވެސް ހިމެނޭ


ރާއްޖެއިން ކޯވިޑް-19އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މުޢައްޒަފެން ހިމެނޭކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މިއަދު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ކުންފުނީގެ މުޢައްޒަފަކު ކޯވިޑް 19އަށް ޕޮޒިޓިވްވީ މީގެ 4-5 ދުވަސް ކުރިންކަމަށެވެ.

ނަމަވެސް އެ މުއައްޒަފަކީ އެމްޕީއެލްގައި މިވަގުތު ލޮކްޑައުންވެގެން މަސައްކަތް ކުރާ މުޢައްޒަފެއް ނޫންކަމަށް ޝާހިދު އަލީވަނީ ވިދާޅުވެފައެވެ.

"އަޅގަނޑުމެންގެ މުއައްޒަފެއްވަނީ ޕޮސިޓިވްވެފަ. އޭނާ އެންމެ ފަހުން އޮފީހަށް ނިކުމެ މަސައްކަތް ކުރީ އޭޕްރިލް 18ގައި. ލޮކްޑައުންއާއި ގުޅިގެން ގޭގައި މަޑުކުރާ މުޢައްޒަފެއް އެއީ." ޝާހިދުއަލި ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތާ ގުޅިގެން އެމްޕީއެލްގެ 160އަށްވުރެ ގިނަ މުވައްޒަފުން ޕޯޓުތަކުގައި ލޮކްޑައުންވެގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިދާރީ މުޢައްޒަފުން މަސައްކަތް ކުރަނީ ގޭގައި ތިބެގެންނެވެ.