ސިއްހަތު

2 ސްކޫލެއްގައި ހެލްތްސްކްރީން ޕްރޮގާރާމްފަށައިފި


ރޯދަމަހުގެ މެދުކެނޑުމަކަށްފަހު ހެލްތް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިޔަށްގެންދާ ފުރާވަރު އުމުރުގެ ކުދިންނަށް ހިންގާ މެޑިކަލް ސްކްރީންގޕްރޮގްރާމް މިއަދު ފަށައިފިއެވެ.މި ޕްރޮގްރާމްގެ ދަށުން މިއަދު ހެލްތްސްކުރީން ކުރިޔަށްގެންދާ 2 ސްކޫލަކީ އަރަބިއްޔާ ސްކޫލާއި ގަލޮޅުމަދަރުސާއެވެ.ރޯދަ މަހުގެ ކުރިން 5 ސްކޫލެއްގައި ހެލްތް ސްކްރީންކުރުމުގެ ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ގްރޭޑް ހަތެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެެކެވެ.މި ޕްރޮގްރާމްގެ ދަށުން މާދަމާ ގިޔާސްޔުއްދީން އިންޓަރނޭޝަނަލް ސްކޫލުގައިވެސް ހެލްތް ސްކުރީނިންގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމަތުދެއެވެ.