ޚަބަރު

އަތޮޅުތަކުގައި ޤާއިމްކުރި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަށް ބޭނުންކުރަން ފަށައިފި


ރާއްޖޭގެ އުތުރުގައާއި ދެކުނުގެ ހަދަން ނިންމި ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ބައެއް ފެސިލިޓީތަށް ބޭނުންކުރަން ފަށާފައިވާކަމަށާއި، އިތުރު ފެސިލިޓީތަށް މާދަމާ ބޭނުންކުރަން ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއެވެ.

އުތުރުގެ ކަރަންޓީން ފެސިލިޓީހަދާފައިވާނީ ހއ.އަތޮޅު ދޮނަކުޅި (ހައިޑް އަވޭ ރިސޯޓް)ގައެވެ. އަދި މިހާރު އެރަށަށްވަނީ ށ.ނަރުދުއިން ޕޮސިޓީވްވި 9މިހުންނާއި، މަގޫދޫއިނ ޕޮސިޓިވްވި މީހާ ބަދަލުކޮށްފައެވެ.

މި މީހުން މީގެކުރިން ބަހައްޓާފައިވަނީ އެރަށްތަކުގައި އެކަހެރިކޮށްފައެވެ. އަދި މިމަހުގެ 19ގައި އުލިގަމުން ޕޮސިޓިވްވި މީހާ ގެނައީ މާލެ ސަރަޙައްދުގެ ފެސިލިޓީއަކަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އިތުރު ފެސިލިޓީތަށް މާދަމާ ބޭނުންކުރަން ފަށާނެކަމަށެވެ. ނަމަވެސް މި ފެސިލިޓީތަށް ހަދާ ރަށްތަކާއި އެންދުގެ އަދަދު ޙިއްސާކޮށްފައެއް ނުވެއެވެ.

ކޯވިޑް19ގެ ކޭސްއެއް މާލެ ފިޔަވައި އާއްމުން ދިރިއުޅޭ ރަށަކުން ފެނިފައިވަނީ މިމަހުގެ 19ވަނަ ދުވަހު ހއ.އުލިގަމުންނެވެ. މިހާރު ށ.ނަރުދޫއާއި އެއަތޮޅު މަގޫދޫއިން ކޭސްތަކެއް ފެނިފައިވާތީ އަތޮޅުތަކުގައި ދަނީ ޚާއްސަ އިސްކަމެއް ދީގެން ފެސިލިޓީތައް ހަދަމުންނެވެ.

ކޯވިޑް 19ގެ ކޭސްތައް މިހާތަނަށް އަތޮޅުތަކުން ފެނިފައިވަނީ އުތުރުގެ ރަށްތަކަކުންނެވެ. މިކަމާއި ގުޅިގެން މިހާތަނަށް ހއ.ގެ 3ރަށާއި، ހދ.ގެ 2ރަށް، ށ.ގެ5 ރަށް އަދި ނ.އަތޮޅުގެ 5ރަށްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އަދި ބ.އަތޮޅު ރަށެއްވެސް މޮނިޓަރިންގެގެ ޙާލަތަށްވަނީ ގެނެސްފައެވެ.