ޚަބަރު

ހުޅުމާލޭގައި 5 ފަންގިފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ ދީފި


ހުޅުމާލޭގެ އިމާރާތްތައް ފަސް ފަންގިފިލާއަށް ހެދުމަށް ހުއްދަ ދިނުމަށް ނިންމައި، ހުޅުމާލެ ޕްލޭނިން އާއި އިމާރާތް ކުރުމުގެ ގަވާއިދު އާންމު ކޮށްފިއެވެ.ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އާންމުކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވަނީ، ހުޅުމާލޭގެ ނެއިބަރ ހުޑް  އެކެކާއި ދޭކާއި ތިނެއްގައި ހަދާ އިމާރާތްތަކުގެ އުސްމިނަކީ، 15.5 މީޓަރު ކަމަށާއި، ފަސް ފަންގިފިލާ އާއި ޓެރަސް އެއް ހެދުމަށް މިހާރު ހުއްދަ ދޫކުރާނެ ކަމަށެވެ.އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ކޮންމެ އިމާރާތެއްގައި ގަރާޖް ސްޕޭސްގެ ގޮތުގައި 14 އަކަމީޓަރުގެ އޭރިއާއެއް ކަނޑައަޅާފައި އޮންނަން ޖެހެއެވެ. އަދި އުޅަނދެއް ރަޖިސްޓްރީ ނުކުރާހާ ހިނދަކު އެހެނިހެން ބޭނުންތަކަށް އެ ގަރާޖް ބޭނުން ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.އަލަށް ގެނައި ބަދަލާ އެކު ހުޅުމާލޭ އިމާރާތްތަކުގެ ފްލޯ ސްޕޭސް އިންޑެކްސް(އެފްއެސްއައި) އަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހުޅުމާލޭ ނެއިބާ ހުޑް އެކެއްގައި އެފްއެސްއައި އަކީ 3.80އެވެ. އަދި ނެއިބާ ހޫޑް ދެއަކާއި ތިނެއްގެ އެފްއެސް އައި އަކީ 3.20އެވެ.ކުރިން ހުޅުމާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ ހަތަރު ފަންގިފިލާއަށެވެ.