ޚަބަރު

ދަރިފުޅަށް ޖިންސީ ގޯނާ ކުރި ބައްޕައަކު 24 އަހަރަށް ޖަލަށް


އަންހެން
ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ ބައްޕައަކު 24 އަހަރަށް ޖަލަށްލުމަށް
ޙުކުމްކޮށްފިއެވެ.

މި
މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ ށ.ފުނަދޫ، ދިޔަރެސް،
ޢަބްދުﷲ ސަޢީދުގެ މައްޗަށެވެ.ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ޢަބްދުﷲ
ސަޢީދުގެ މައްޗަށް ދަޢުވާ ކޮށްފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ
އަހަރުގެ މެއި މަހުގެ ކުރީކޮޅާއި ހަމައަށް އެކިދުވަސްމަތިން އޭނާގެ 16 އަހަރުގެ
އަންހެން ދަރިއާއިމެދު ޖިންސީ ޢަމަލު ހިންގާފައިވާތީކަމަށެވެ. އަދި އެ
އަންހެންކުއްޖާގެ އުމުރުން 11 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަން ފަށާފައިވާ
ކަމަށާއި ޖިންސީ ގޯނާގެ ސަބަބުން އުޅުމާއި އިޙްސާސްތަކަށް ބަދަލުއައިސް ކުއްޖާއަށް
ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކަމަށް ސައިކޮލޮޖިސްޓް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށްވެސް
ފުލުހުން ބުނެއެވެ.



އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް
އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.