ސިއްހަތު

އޭޑީކޭއިން އޯޑިއޮލޮޖީ،ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީގެ ހިދުމަތް


އޭޑީކޭ ހޮސްޕިޓަލުން އޯޑިއޮލޮޖީ، ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީގެ ހިދުމަތް ދޭންފަށައިފިއެވެ. މި ހިދުމަތަކީ އޭޑިކޭ ހޮސްޕިޓަލުން އަލަށް ފަށައިގެން ކުރިޔަށްގެންދާ ހިދުމަތެއްކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.އޯޑިއޮލޮޖީ، ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީގެ ހިދުމަތަކީ އަޑުއިވުމާއި ވާހަކަދެއްކުމުގެ އުނދަގޫ ހުންނަ ކުދިންނަށާއި، މީހުންނަށް ޙާއްސަ ކުރެވިގެން ދެވޭ ހިދުމަތެކެވެ.މިފަދަ ކުދިންނަށް ފަރުވާދިނުމަށްޓަކައި އެ ހޮސްޕިޓަލުން ސްކުރީން ކުރެވި ތެރަޕީގެ ހިދުމަތް ދެވެމުންދާނެކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިމަހު އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދަން ފެށި މިހިދުމަތާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން، އެ ހޮސްޕިޓަލްގެ އޯޑިއޮލޮޖިސްޓް ސްޕީޗް އެންޑް ލެންގުއޭޖް ޕެތޮލޮޖިސްޓް، ޒިމްނާ ހުސެއިން ވިދާޅުވީ ، މި ހިދުމަތައް އާއްމުންގެ ތަރުހީބު ލިބެމުންދާކަމަށާއި، ވާހަކަދެއްކުމާއި އަޑު އިވުމުގެ މައްސަލަތައް ހުންނަކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ސްކުރީން ކުރުން މުހިންމުކަމުގައެވެ. އަދި ހާއްސަކޮށް އުމުރުން އެއްއަހަރާއި ތިންއަހަރާ ދެމެދު ކުދިންނަށް ވީހާވެސް ގިނައިން ވާހަކަދެއްކުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ޒިމްނާ ހުސެން ވިދާޅުވިއެވެ.މީގެ އިތުރުން ވާހަކަދެއްކުމުގެ އުދަނގޫ ހުންނަ ކުދިންގެ މައްސަލަތައް ރަނގަޅު ކުރެވޭނީ މިފަދަ ކުދިންނާއި ވާހަދައްކައި މިކަމަށް ޙައްސަ ތެރަޕީ ދެވިގެންކަމަށްވެސް ޒިމްނާ ވިދާޅުވިއެވެ.