ކޯވިޑް 19ގެ މި ޙަލަތުގައި އަޅުގަނޑުމެން އެކަކު އަނެކަކުގެ އެއްބައިވަންތަަކަންދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. މިގޮތުން އެކި ފަރާތްތަކުން އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާތަކެތި ފޯރުކޮށްދެމުންނެވެ.
ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަމާއި، ކާބޯތަކެތި ފޯރުކޮށްދެމުންދާއިރު، އަމިއްލަ ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސްދަނީ އެމީހަކަށް ވެވުނު މިންވަރަކުން މިކަމުގައި އެހީތެރިކަން ދެމުންނެވެ.
މީގެތެރޭގައި މާސްކާއި، ކާބޯތަކެއްޗާއި، އަންނައުނާއި އެނޫންވެސް ޟަރޫރީ ތަކެތި ހިމެނެއެވެ.
ކޯވިޑް 19ގައި އެތައް ބަޔަކު ތިބީ އެހީއަށް ބޭނުންވެފައެވެ. ޚާއްސަކޮށް ބިދޭސީންގެ ތެރޭގައި ބަލި ފެތުރެމުންދާތި އެމީހުންނަށްތިބީ ވަރަށް ބޮޑަށް ރައްކާތެރިކަމާއި އެހީ ބޭނުންވެފައެވެ.
މާލޭގެ މަޝްހޫރު ލަގްޒަރީ ފިހާރައިން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، ޒަރޫރީ ބައެއް ތަކެތި ހަދިޔާކޮށްފައެވެ. މި ތަކެތި ހަދިޔާކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީއަށެވެ. މިނިސްޓްރީއިން ބުނެފައިވަނީ ލަގްޒަރީއިން ހަދިޔާކުރި ތަކެތީގެތެރޭގައި ނިދާ ތަންމަތި ހެދުމަށް ބޭނުންވާ ބާލީހާއި ބެޑްޝީޓް ހިމެނޭކަމަށެވެ. 
އެގޮތުން 200ބާލީހާއި، 200ބެޓްޝީޓް ލަގްޒަރީގެ ފަރާތުން ވަނީ ހަދިޔާކޮށްފައެވެ. 
މި ތަކެއްޗަކީ ހާލުގައި ޖެހިގެން ވަގުތީ ހިޔާތަކަށް ގެންދާ މީހުން ބޭނުންކުރުމަށް ހަދިޔާކުރި ތަކެއްޗެވެ.
		
			މިހާތަނަށް އައިރު ވަގުތީ ހިޔާތަކުގެ ގޮތުގައި ހުޅުމާލޭގެ 2 ސްކޫލަކާއި، ހުޅުމާލޭ ފުޓްބޯލް ސްކޫލްވެސް އަންނަނީ ބޭނުންކުރަމުންނެވެ. 
ސަރުކާރުން ވަނީ ހާލުގައި ޖެހޭ މީހުން، ޖެންޑަރ މިނިސްޓްރީއަށް ގުޅައިގެން އެހީ ހޯދުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މިހާތަނަށް 130އަށް ވުރެ ގިނަ މީހުން ވަގުތީ ބޯހިޔާވަހިކަން ހޯދާފައި ވާއިރު، މިވަގުތުވެސް 80އަށްވުރެ ގިނަ މީހުންނަށް ދަނީ ވަގުތީ ހިޔާތަކުން ބޯހިޔާވަހި ކަމާއި، ކެއިންބުއިން ހަމަޖައްސަމުންނެވެ. 
މި މީހުންނަށް އެހީވުމަށް ގިނަ ކުންފުނިތަކާއި، އަމިއްލަ މީހުންގެ ބޮޑެތި އެހީތަށް ލިބެމުންދާކަން ޖެންޑަރ މިނިސްޓްރީއިންވެސް ވަނީ ފާހަގަކޮށްފައެވެ.
		
			އެގޮތުން ސިމްޑީ، ހެޕީމާކެޓް، އަރކް، ވިމެންސް އަރޓްސް އަރޓް އެންޑް ކްރާފްޓް އެސޯސިއޭޝަނަ، ހޯކްސް، ވިމް، އަވަސް ފުޑް އެމްވީ، ވަރު އަދި އޯޒެން އެޓްމޯސްފިއަރ، ޕްރިންޓް ލެބްފަދަ، ގިނަ އަމިއްލަ ކުންފުނިންތަކުން ދަރުމައަށް އެދި އެހީތެރިކަން ދެމުންދާކަމަށްވަނީ ބުނެފައެވެ. ޚާއްސަކޮށް ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ މާސްކާއި، އަދި ގިނަ އަދަދަކަށް ކާބޯތަކެތީގެ އެހީ ލިބެމުންދާކަމަށްވަނީ ބުނެފައެވެ.
އަދި މި ތަކެތި ފޯރުކޮށްދިނުމަށް ސިފައިންނާއި، ގައިޑް، ކެޑޭޓް އަދި ރެޑް ކްރަސަންޓްގެ އެހީ 24ގަޑިއިރު ދަނީ  ލިބެމުންކަން ޖެންޑަރ މިނިސްޓްރީއިން ފާހަގަކުރެއެވެ.
ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ތެރޭގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ހާލުގައި ޖެހިފައިިތިބި މީހުންނާއި، ގެއިން ނެރެލާފައިވާ މީހުންނާއި، އަދި އެކި ބޭނުންތަކުގައި މާލެ އައިސް ލޮކްޑައުން އާއި ގުޅިގެން އަނބުރާ ރަށަށް ނުދެވި ތިބި މީހުންވެސް އެބަތިއްބެވެ.