ޚަބަރު

އެމްއެމްސީއާއި އެމްބީސީގެ އިމާރާތް ހުސްކުރަން އިތުރު މުއްދަތެއް


މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިންގ ކޮމިޝަން ހިންގަމުންދާ ޢިމާރާތް އެއްކޮށް ހުސްކުރުމަށް އަނެއްކާވެސް އިތުރު މުއްދަތެއް މިހާރު ދީފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެހެން ނަމަވެސް އެތަންތަން ހުސްކުރުމަށް މިހާރު ދީފައިވާ ތާރީޚެއް މިނިސްްޓްރީން ހާމައެއް ނުކުރައްވައެވެ.މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މިހާރު މޯލްޑިވްސް މިޑިއާ ކައުންސިލް ކުރިން ސިޓީ ކައުންސިލް ހިންގި އިމާރާތަށް ބަދަލުވެފައިވާ ކަމަށެވެ.މީޑިއާ ކައުންސިލްގެ އިތުރުން ބްރޯޑް ކާސްޓިންގ ކޮމިޝަން ވެސް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެ އިމާރާތަށެވެ.ޕަބްލިކް ސާރިވިސް މީޑިއާގެ ނިވްސް ރޫމް މިހާރު ހިންގަމުން އަންނަ އިމާރާތް ވަރަށްބޮޑަށް ބާވެ ހަލާކުވުމާއި ގުޅިގެން، އެތަން މަރާމާތުކުރުމަށްޓަކައި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ހިންގަމުންދިޔަ އިމާރާތަށެވެ. މި އިމާރާތަކީ ޓީވީއެމްގެ ގޯތީގެ އިރު ދެކުނު ކަންމަތީގައި ހަދާފައިވާ، ކުރިން އިންފޮމޭޝަން މިނިސްޓްރީ ހިންގި އިމާރާތެވެ.ހައުސިން މިނިސްޓްރީން ވިދާޅުވީ އިމާރާތް ހުސްކުރުމާއި ގުޅޭގޮތުން މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަނާއި އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އެހެން ކަމުން އެ އިމާރާތް އަވަސް މުއްދަތެއްގެ ތެރޭގައި ހުސްކުރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.