ޚަބަރު

މިއަދުން ފެށިގެން ވަކި ގަޑިތަކެއްގައި ކަަރަންޓް ކެނޑޭނެ


މިއަދު ހެނދުނުން
ފެށިގެން މެންދުރުން އަނބުރާ ތިނަކާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން
ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެެވެ.



ސްޓެލްކޯއިން ބުނީ ކަރަންޓު
އުފެއްދުމަށް ދިމާވި މައްސަލަ ރަނގަޅުކޮށް ކުރީގެ ހާލަތަށް ގެނެވެންދެން މާލޭގެ
އެކި ސަރަޙައްދުތަކުން އެ ގަޑިތަކުގައި ކަރަންޓް ކެޑޭނެ ކަމަށެވެ.



 އަދި ކަރަންޓް ކެނޑޭނެ
ސަރަޙައްދުތަކުގެ މައުލޫމާތު އެކުންފުނީގެ ވެބްސައިޓް  www.stelco.com.mv އިން ލިބެންހުންނާނެ ކަމަށެވެ.



އަދި މައްސަލަ ޙައްލު ވަންދެން އެ މައުލޫމާތު ކޮންމެ ދުވަހަކު އެ ކުންފުނީގެ
ވެބްސައިޓުން އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.