ވިޔަފާރި

މާސްކު ނާޅާނަމަ މެލޭޝިއަން އެއަރލައިންގައި ދެން ދަތުރު ނުކުރެވޭނެ


ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މެލޭޝިއަން އެއަރލައިންއިން ދަތުރުކުރާ ހުރިހާ ފަސިންޖަރުން ފޭސް މާސްކު އެޅުމަށް އެ އެއަރލައިނުން އަންގައިފިއެވެ.

މެލޭޝިއާގެ ޤައުމީ އެއަރލައިން އިން ބުނެފައިވަނީ މިމަހުގެ 23 އިން ފެށިގެން މި ޤަވައިދަށް އަމަލުކުރަން ފަށާނެކަމަށެވެ. މި ޤަވާއިދުގައިވާގޮތުން ޗެކިންއާއި ބޯޑިން އަދި ފުލައިޓުން ފައިބާ ހިސާބުން ފެށިގެން ދާގީނާ ލިބޭ ހިސާބާއި ހަމައަށް ފޭސް މާސްކް ބޭނުންކުރަން ޖެހޭނެއެވެ.

މެލޭޝިއަން އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ތުއްތު ކުދިން ފިޔަވައި ޑޮމެސްޓިކް، އިންޓަނޭޝަނަލް އަދި ޗާޓަރ ފުލައިޓްތަކުގައި ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް މާސްކު އެޅުން ލާޒިމްވާނެކަމަށެވެ. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުނު ފިޔަވަޅެއްކަމަށާއި ޗެކިން ވާއިރުއާއި ބޯޑިންގ ވާއިރު މާސްކު ނާޅާނަމަ އެ ފަސިންޖަރުން ބޯޓަށް ނާރުވާނެކަމަށްވެސް މެލޭޝިއަން އެއަރލައިނުން ބުނެއެވެ.

އަދި ކޮންމެ ފަސިންޖަރަކުވެސް ގައިދުކުރަމަށް އިސްކަންދިނުމަށާއި އަދި ފުރުމުގެ ކުރިންނާއި އެރައިވަލްގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކަށް ބޯލެނބުމަށްވެސް ވަނީ އެދިފައެވެ.