ޚަބަރު

ކޯވިޑް-19 : ހޯމަދުވަހާއި ބުދަދުވަހު އެމްއެމްއޭއާއި ބެންކުތައް ހުޅުވާނެ


އަންނަ ހަފްތާގެ ހޯމަދުވަހާއި ބުދަދުވަހު އެމްއެމްއޭއާއި ބެންކުތައް ހުޅުވާނެކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ މިމަހުގެ 27 ވާ ހޯމަދުވަހާއި 29 ވާ ބުދަދުވަހު، ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00އަށް އެމްއެމްއޭއާއި ބެންކުތައް ހުޅުވާނެކަމަށެވެ. ނަމަވެސް އެ ގަޑީގައި އެމްއެމްއޭއިން އާއްމުންނަށް ހިދުމަތެއް ނުދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ބެންކުތަކުން އާއްމުންނަށް ފޯރުކޮށްދޭނީ ބެންކިންގ ޒަރޫރީ ޚިދުމަތްތައް ކަމަށްވެސް ފަރުދުންނަށް ޚިދުމަތް ފޯރުކޮށް ނުދޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއާއި ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކުން ދަނީ އޮންލައިންކޮށް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. މިގޮތުން މުސާރަ ޖަމާކުރުމާއި، ރާއްޖޭގެ އެތެރޭގެ އަދި ރާއްޖޭން ބޭރުގެ މަނީ ޓްރާންސްފަރ ރިކުއެސްޓަށް އެދުމާއި، އެހެނިހެން ބޭންކިން ހިދުމަތްތައް ގިނަ ބޭންކްތަކުން ދަނީ އޮންލައިންކޮށް ދެމުންނެވެ.

މީގެއިތުރުން ވަކިވަކި ބޭންކުތަކުހެ ޚިދުމަތްތަކުގެ ތަފްސީލް ހޯދުމަށް އެބޭންކުތަކުގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ޗެކްކުރުމަށް އެމްއެމްއޭއިން ލަފާދެއެވެ.