ޚަބަރު

ކޯވިޑް-19 : ބީއޯސީގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެނީ


ރާއްޖޭގައި ހުންނަ ބޭންކް އޮފް ސިލޯންގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށައިފިއެވެ.

ރާއްޖޭގަިއ ހުންނަ ބޭންކް އޮފް ސިލޯންގެ ބްރާންޗުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް ހަފްތާގައި އެކި ފަރާތްތަކުން މުސާރަ ޖަމާކުރުމާއި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމަށް އެދުމުގެ ފުރުސަތު އީމެއިލް މެދުވެރިކޮށް ހުޅުވާލާފައިވާކަމަށެވެ. މިގޮތުން ރާއްޖޭގައި ހުންނަ ބޭންކް އޮފް ސިލޯންގައި އެކައުންޓް ހުޅުވާފައި ހުންނަ ފަރާތްތަކަށް އެހެން އެކައުންޓްތަކަށް ފައިސާ ފޯނުވުމަށް އީއެމްއިލް މެދުވެރިކޮށް މިހާރު އެދެވޭނެކަމަށްވެސް ބީއޯސީން ބުނެއެވެ. އަދި ވިޔަފާރި އެކަުއުންޓްތަކުން މުވައްޒަފުންގެ މުސާރަ ދިނުމަށް އީމެއިލް މެދުވެރިކޮށް އެދެވޭނެކަމަށެވެ.

ބީއޯސީ މެދުވެރިކޮށް ރާއްޖޭގެ އެތެރޭގެ އެހެން ބެންކްތަކުގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމަށް [email protected]އަށް މެއިލް ކުރުމަށާއި، ވަގުތުން ވަގުތަށް ގިނަ އަދަދެއްގެ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފޮނުވުމަށް [email protected] އަދި މުސާރައާބެހޭ މުއާމަލަތްތައް ހެދުމަށް [email protected] މެއިލް ކުރުމަށް އެދެއެވެ.

އަނެއްކޮޅުން ރާއްޖޭގައި ތިބި ސްރީލަންކާގެ ރައްޔިތުންނަށް ބޭނުންވާ ބޭންކިންގެ އެކި ހިދުމަތްތައްވެސް މެއިލް މެދުވެރިކޮށް ދެމުންދާކަމަށް ބީއޯސީން ބުނިއެވެ. އަދި ކުރިޔަށް މިއޮތް ހަފްތާގައި މިގޮތަށް އީމެއިލް މެދުވެރިކޮށް އެކަނި ހިދުމަތް ދިނަސް، އެއަށްފަހު މަދު ސްޓާފުން ކޮޅެއް ނެރެގެން އެހެނިހެން ހިދުމަތް ދިނުމުގެ މަސައްކަތް ފެށޭތޯވެސް މަސައްކަތް ކުރަމުންދާކަމަށް ބީއޯސީން ބުނެއެވެ.