ވިޔަފާރި

2ވަނަ ކުއަރޓާގައި ދިރާގަށް 181 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް


މިއަހަރުގެ
ދެވަނަ ކުއަރޓަރގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ސަތޭކަ އަށްޑިހަ އެއް
މިލިއަން ރުފިޔާ ލިބިއްޖެއެވެ.



މިއީ، މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އެ
ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު ސަތޭކަ އަށްޑިހަ ފަސް މިލިއަން ރުފިޔާ
އާއި އަޅާ ބަލާ އިރު ދޭއް އިންސައްތަ ދަށް އަދަދެކެވެ.



ދިރާގުން
އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއަރޓަރގެ މާލީ ހިސާބްތައް ދައްކާގޮތުން ސާފު
ފައިދާގެ ޢަަދަދު ދަށަށް ގޮސްފައިމިވަނީ އެ ކުއަރޓަރގައި އެކުންފުންޏަށް ލިބުނު
އާމްދަނީގެ ޢަދަދު ދަށްވުމުނެވެ.



މިއަހަރުގެ
ފުރަތަމަ ކުއަރޓަރ އާއި އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއަރޓަރގައި
އެކުންފުންޏަށް ލިބުނު އާމްދަނީގެ ގެ ޢަދަދު ވަނީ އަށެއް އިންސައްތަ ދަށަށް
ގޮސްފައިވެއެވެ.



އެގޮތުން
މިއަހަރުގެ ފުރަތަމަ ކުރޓަރގައި ދިރާގަށް ފައްސަތޭކަ އަށްޑިހަ ފަސް މިލިއަން
ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ އިރު މިއަހަރުގެ ދެވަނަ ކުއަރޓަރގައި
އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ފައްސަތޭކަ ތިރީސް ނުވަ މިލިއަން
ރުފިޔާއެވެ.



އާއްމުގޮތެއްގައި
ކޮންމެ އަހަރެއްގެ ވެސް މާލީ ދެވަނަ ކުއަރޓަރއަކީ ދިރާގަށް ލިބޭ އާމްދަނީ ދަށްވާ
މަހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުއަރޓަރއެއް، ސަބަބަކީ ފަތުރުވެރިކަން
ދެވަނަ ކުއަރޓަރގައި ދަށްވުމުން "ރޯމިންގ" ކޮށްގެން ލިބޭ ޢާމްދަނީ
ދަށްވުމާއި ގުޅިގެން ކަމަށް ދިރާގުގެ މާލީ ރިޕޯޓްގައިވެއެވެ. 



ދިރާގުގެ
މާލީ ހިސާބްތައް ދައްކާގޮތުން ދެވަނަ ކުއަރޓާގައި ލިބުނު ފައިދާއާއި އެކު އެ
ކުންފުނީގެ ހިއްސާއަކަށް ޖެހެނީ ދެ ރުފިޔާ ތިރީސް ނުވަ ލާރިއެވެ.