ޚަބަރު

ކޮވިޑް-19 : ހޮސްޕިޓަލް ސާފުކުރާ މީހުންނަކީވެސް ބަތަލުން، އެމީހުން މަތިން ހަނދާން ނައްތާނުލާ


ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެއިން ކުރާ ހަނގުރާމައިގައި އެތައް ބައެއް ދަނީ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ. މިފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް ހަބަރުތަކާޢި އެކިއެކި ޕޯސްޓްތައް މީސްމީޑިއާގައި ލިޔާއިރު، މިކަމުގައި ވަރަށް މުހިންމު މަސައްކަތެއް ކުރާ ބައެއް ތިބިއިރު، ވާހަކަ އަޅުގަނޑުމެނަށް ދެއްކޭލެއް މަދެވެ. އެއީ ހޮސްޕިޓަލްތައް ސާފުތަހިރުކުރުމުގައި ހަރަކާތްތެރިވާ މީހުންނެވެ.

މިދަނދިވަޅުގައި ހޮސްޕިޓަލްތަކާއި، ސިއްހީ ފަރުވަދޭ ތަންތަން ސާފުކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށް، އެމީހުންގެ ވާހަކަ ދެއްކޭލެއް މަދެވެ. ނަމަވެސް މިމީހުންނަކީ އަމިއްލަ ފުރާނަ ނުރަކަލަށް ހުށަހަޅާ ކޮންމެ ދުވަހަކު ވަރަށްވެސް މުހިންމު މަސައްކަތެއް ކުރާ ބަޔެކެވެ. ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދާ މީހުން ބޭނުންކުރާ ތަންތަން ސާފުތާހިރުކުރުމަކީ އެންމެ މުހިންމު އެއްކަމެވެ. އަދި ބަލިތައް ހޮސްޕިޓަލުގެ ތެރެއިން ފެތުރުނަ ނުދެނީ 39 އަހަރުގެ ކެންޑިސް މާޓިނެސް ފަދަ ފަރާތްތަކުން ކުރާ މަސައްކަތުންނެވެ.

39 އަހަރުގެ ކެންޑިސް މާޓިނެސްއަކީ މިފަދަ މަސައްކަތް ކުރުމުގައި ޗިކާގޯގެ ހޮސްޕިޓަލެއްގެ ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހެކެވެ. ކެންޑިސް ފަދަ މަސައްކަތު މީހުންނަކީ ސިއްހީ ފަރުވަދޭ ތަންތަނުގައި އެންމެ ކުޑަ އުޖޫރަ ލިބޭ ފަރާތްތަކެވެ. ބަލި މީހުން ތިބޭ ވޯޑާއި، ކޮޓަރިތަކާއި ހޮސްޕިޓަލުގެ އެހެން ތަންތަން ސާފުކޮށް، ތާހިރުކޮށް، ސެނަޓަރިޒް ކުރުމަކީ ކެންޑިސް މާޓީނެސް އާއި އޭނާގެ ޓީމްގެ ޒިންމާއެވެ. ހޮސްޕިޓަލެއްގައި މިއީ އެންމެ މުހިންމު އެއް ރޯލޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

ކެންޑިސް ބުނީ ގިނަ ފަހަރު އެމީހުންގެ މަތިން ގިނަ މީހުން ހަދާން ނުހުންނަކަމަށެވެ. ޝުކުރުގެ ބަހެއް އެމީހުންނަށް ރައްދު ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލްތައް ސާފުކުރާ މީހުންގެ އަގުވަޒަން ނުކުރާތީ އެކަމާ ވަރަށް މާޔޫސްވެ ދެރަ ވާކަމަށެވެ. އޭނާ ބުނީ ސާފުކުރާ މީހުންނަކީ މާ ދަށު ދަރަޖައިގެ ބަޔަކަށް މީހުން ހަދާ ކަމަށެވެ.

ނަމަވެސް ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އޭނާ ފަދަ މީހުން މިއަދު އަދާކުރާ ރޯލަކީ ވެސް ވަރަށް މުހިންމު ރޯލެއް ކަން ޔަޤީނެވެ. އަދި މިއީ އެހާ ނުރައްކާތެރި މަސައްކަތެއްވެސް މެއެވެ. މަސައްކަތުގެ މާހައުލުގައި ކެންޑިސް އަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މިކަމާ ގުޅިގެން ފަރުވާ ހޯދުމަށް އޭނާ އަދި ހުރީ އައިސޮލޭޝަންގައެވެ.

ދެރަކަމަކީ ކެންޑިސް ފަދަ މަސައްކަތްތެރިންނަށް ހައްްޤު ޝުކުރު އަދާނުކުރެވޭތީ އެވެ. ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ނުލާ ދެން ތިބޭ ގިނަ ބަޔަކީ ފަރުދާގެ ފުރަގަހުގައި ގެއްލިފައި ތިބޭ ބަޔެކެވެ. މާގިނަ ޝުކުރުގެ ބަސްތަކެއް ލިބޭ ފަރާތްތަކެއް ނޫނެވެ. މިމީހުންނަކީ ސިއްހީ ފަރުވާ ދޭ ތަންތަނުގެ ބިންގަލުގެ މުހިންމު ބަޔެކެވެ. ސިއްހީ ފަރުވާ ދޭ ތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަކީ ބަލި ބަލި ފެތުރުނަ ނުދިނުމުގައި ބޮޑު ރޯލެއް އަދާކުރާ ބަޔެކެވެ. އެމީހުން ކުރާ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއް ވެސް މެއެވެ.

ކެންޑިސް ނޫނަސް ދުނިޔޭގެ އެކި ޤައުމުތަކުގައި ސިއްހީ ފަރުވަދޭ ތަންތަނުގައި އުޅޭ ސާފުކުރާ ގިނަ މީހުންނަށް ކޮވިޑް-19 ވައިރަސްޖެހި، ބައެއް މީހުން ވަނީ މަރުވެސް ވެފައެވެ. މިއީ މި ވަޒީފާގެ ނުރައްކަލެވެ. ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގަިއ އުޅޭއިރު، ސިއްހީ ފަރުވާދޭ ތަންތަން ސާފުކުރުމުގައި އުޅޭ މީހުންނަށް ކުރިމަތިވާ ނުރައްކާވަރަށް ބޮޑެވެ. އަމިއްލަ ނަފްސު ނުރައްކަލަށް ލައިގެން އެފަދަ މީހުން ކުރާ މަސައްކަތަކީވެސް ހުއްޓުމެއްނެތް ތައުރީފް ހައްޤު މަސައްކަތްތަކެކެވެ.