ޚަބަރު

ކޯވިޑް-19 : މާލެއިން 16ވަނަ މީހަކު ޕޮޒިޓިވް ވެއްޖެ


މާލެއިން 16ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މި ބައްޔަށް މިފަހަރު ޕޮޒިޓިވް ވެފައިވަނީ ބިދޭސީއެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހަކާ ސީދާ ދިމާވި މީހެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވޭ.

ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 36 މީހެކެވެ. މީގެ ތެރެއިން 16 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުން

  • 15 އޭޕްރީލްގައި އެކަކު
  • 16 އޭޕްރީލްގައި 2 މީހުން
  • 17 އޭޕްރީލްގައި 6 މީހުން
  • 18 އޭޕްރީލްގައި 7 މީހުން
  • 19 އޭޕްރީލް އެކަކު

ރަނގަޅުވި މީހުން

  • 20 މާރޗް 2020ގައި 2 މީހަކު
  • 21 މާރޗް 2020ގައި އެކަކު
  • 23 މާރޗް 2020ގައި 2 މީހަކު
  • 25 މާރޗް 2020ގައި 3 މީހަކު
  • 26 މާރޗް 2020ގައި އެކަކު
  • 28 މާރޗް 2020ގައި 2 މީހަކު
  • 29 މާރޗް 2020ގައި 2 މީހަކު
  • 12 އޭޕްރީލް 2020 އެކަކު
  • 14 އޭޕްރީލް 2022 މީހުން

ކޯވިޑް-19އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ފުރަބަންދުކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.