ވިޔަފާރި

މިއަހަރުގެ 2ވަނަ ކުއަރޓަރގައި 45 މިލިއަން ރުފިޔާގެ ފައިދާއެއް


މިއަހަރުގެ
ދެވަނަ ކުއަރޓަރގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ސާޅީސް ފަސް މިލިއަން
ރުފިޔާ ލިބިއްޖެއެވެ.



އެމްޓީސީސީއިން
އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއަރޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން ދެވަނަ
ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ އަދަދަކީ މި އަހަރުގެ ފުރަތަމަ
ކުއަރޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު ދިހަ އެއް
އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އެމްޓީޓީސީސީއަށް
ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ ސާޅީސް އެކެއް ޕޮއިންޓް ހަޔެއް ފަހެއް
މިލިއަން ރުފިޔާއެވެ.



މިއަހަރުގެ
ދެވަނަ ކުއަރޓަގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ
ފަންސާސް އަށެއް ޕޮއިންޓް ނުވައެއް ހަތަރެއް މިލިއަން ރުފިޔާއެވެ. މި އަދަދަކީވެސް މި އަހަރުގެ ފުރަތަމަ
ކުއަރޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ ފަންސާސް ތިނެއް ޕޮއިންޓް
ތިނެއް ހަޔެއް މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދިހަ އެއް އިންސައްތަ އިތުރު
އަދަދެކެވެ.



އެމްޓީސީސީގެ
މާލީ ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއަރޓާގައި ލިބުނު ފައިދާއާއެކު އެ
ކުންފުނީގެ ހިއްސާއަކަށް ޖެހޭ އާމްދަނީގެ އަދަދު ސަތޭކަ އަށްޑިހަ ތިނެއް ޕޮއިންޓް
ތިނެއް އަށެއް ރުފިޔާއަށް އަރައެވެ.



މާލީ
ރިޕޯޓްގައިވާގޮތުން މިއަހަރުގެ ދެވަނަ ކުއަރޓާގައި އެމްޓީސީސީން ވަނީ ޖުމްލަ
ފަންސާސް ހަތް މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އަދި އޭގެ ތެރެއިން
ހަތް މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލެވިފައިވެއެވެ.



ދެވަނަ
ކުއަރޓަރގެ ތެރޭގައި މަސައްކަތް ނިންމާލެވުނު މަޝްރޫއުތަކުގެ ތެރޭގައި ނ.ކުޑަފަރީ
ހާބަރު ހެދުމުގެ މަސައްކަތާއި، ނ. ނާލާފުށި ހާބަރު ހެދުމުގެ މަސައްކަތުގެ އިތުރުން
ރ. މަޑުއްވަރީ ކޯސްޓަލް ޕްރޮޓެކްޝަންގެ މަޝްރޫޢުގެ މަސައްކަތް ހިމެނެއެވެ.