ދީން

އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދު ކުރެވޭ ސަރަހައްދު ބޮޑުކުރަނީ


ހައުސިން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދު ކުރެވޭނެގޮތަށް އޮންނަ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ފަށައިފިއެވެ.ހައުސިން މިނިސްޓަރ ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ޕްރޮޖެކްޓްގެ މައުލޫމާތު ވަރަށް އަވަހަށް މީޑިއާތަކާއި ހިއްސާކުރައްވާނެ ކަމަށެވެ.މާލޭގައި ހުރި އެއްމެ ބޮޑު މިސްކިތްކަމުގައިވާ އިސްލާމީ މަރުކަޒުގައި ނަމާދު ކުރެވޭ ސަރައްދު ބޮޑުކުރަން ނިންމާފައިވާއިރު ޖަމާއަތުގައި ހުކުރު ނަމާދު ކުރާ ދުވަސްދުވަހު، މިސްކިތުގެ ގޯތިތެރޭގައި ސަފުހަދާ ފުރުމުން، އިސްލާމީ މަރުކަޒާއި، އެމްއެންޑީއެފްގެ އިމާރާތާއި ދެމެދު އޮންނަ ވެލި މަގުވެސް ފުރިގެންދެއެވެ.އަށާރަ ހާސް އަކަފޫޓުގެ ބޮޑުމިނުގެ އިސްލާމީ މަރުކަޒަކީ ބޭރުގެ ގިނަ ގައުމު ތަކެއްގެ އެހީއާއެކު އިމާރާތްކޮށް ނަވާރަ ސަތޭކަ އަށްޑިހަ ހަތަރުވަނައަހަރު ހުޅުވި ތަނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.