 
					
									
			މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި 22 ގޭބިސީއެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފިއެވެ. 
މިގެތައް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ މާލެއިން ކޯވިޑް-19އަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި މީހުން ހޯދުމަށްފަހުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި ގެތަކަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ގެތަކުގެ ތެރޭގައި އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ގެތަށްވެސް ހިމެނެއެވެ. މާލޭގެ އިތުރުން ދެން ހިމެނޭ ރަށްތަކަކީ، އައްޑު އަތޮޅު ހިތަދޫ، ތ.މަޑިފުށި، ހއ.ވަށަފަރުގެ އިތުރުން ކ.ކާށިދުއެވެ. 
		
			މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަ މީހާއާ ސީދާ ދިމާވި 2 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. 
އެޗްޕީއޭއިން ދަނީ އެ މީހާއާ ސީދާ ދިމާވި މީހުންނާއި މިކަމާ ގުޅުންހުރި އެއްވެސް މީހަކު ހުރިތޯ ބަލަމުންނެވެ. މިހާތަނަށް މިމީހާއާއި ސީދާ ދިމާވި 242 މީހަކު ވަނީ ދެނެގަނެވިފައެވެ. އަދި މީގެ ތެރެއިން ހައިރިސްކުގެ ގޮތުގައި ފާހަނގަކުރެވޭ 82 މީހަކު ކަރަންޓީން ފެސިލިޓީސްތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.