 
										 
										
			އެމިރޭޓްސްގެ ފްލައިޓްތަކުގައި ދަތުރުކުރާ ހުރިހާ ފަސިންޖަރުން ވަގުތުން ކޯވިޑް19 އަށް ޓެސްޓުކުރަން ފަށައިފިއެވެ.
މިގޮތަށް ފުރަތަމަ ޓެސްޓުކޮށްފައި ވަނީ ދުބާއީއިން ޓިއުނީސިއާއަށް އިއްޔެ ދަތުރުކުރި ފުލައިޓުގައި ތިބި ފަސިންޖަރުންނެވެ. މިއީ ދުނިޔޭގައި މިހާތަނަށް އެއަރލައިނަކުން ފަސިންޖަރުން ބޯޓަށް އެރުވުމުގެ ކުރިން ކޯވިޑް19 އަށް ޓެސްޓުކުރަންފެށި ފުރަތަމަ ފަހަރެވެ. 
އެމިރޭޓްސް އެއަރލައިނުން ފަސިންޖަރުން ކޯވިޑް19 އަށް ކުރާ މި ޓެސްޓުތަކުގެ ނަތީޖާ ލިބެނީ 10 މިނެޓު ފަހުންނެވެ. 
އެމިރޭޓްސް އެއަރލައިނުން ބުނީ މިއީ އެ އެއާލައިންގެ ހުރިހާ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްކަމަށެވެ. މި ޓެސްޓުތަކުގެ ސަބަބުން، އެ އެއަރލައިނުން ދަތުރުކުރާ މީހުންނަކީ ކޯވިޑް19 ނެތް ބައެއްކަން ކަށަވަރުވެގެންދާނެކަމަށް އެމިރޭޓްސްއިން ބުނެއެވެ. ކުރިއަށް އޮތް ތަނުގައި މި ޓެސްޓުތައް ހެދުމުގެ ކެޕޭސިޓީ އިތުރު ކުރުމަށްވެސް އެ އެއަރލައިނުން ދަނީ މަސައްކަތް ކުރަމުންނެވެ.
 
ކޯވިޑް19 ގެ ސަބަބުން އެމިރޭޓްސް އިންވެސް ވަނީ އެ އައަރލައިނުން ދުނިޔޭގެ އެކި ހިސާބުތަކަށް ކުރަމުންއައި ދަތުރުތައް ވަރަށް ބޮޑުތަނުން މަދުކޮށްފައެވެ.