ޚަބަރު

ކޯވިޑް-19 : އައްޑޫ ސިޓީ ހިތަދޫ ގެއެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފި


މިއަދު މާލޭސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން އައްޑު އަތޮޅު ހިތަދޫ ގެއެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ ސ.ހިތަދޫ، ނޫމަސްވާދީގެ ކަމަށެވެ. މީގެ އިތުރުން މާލޭގެ ހ.ރަތްކުރެދި ޢިމާރާތުގެ 4ވަނަ ފަނގިފިލާވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.

ނޭޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑރ.ނަޒްލާ ވިދާޅުވީ މިހާލަތާއި މާލެއިން ކޯވިޑަށް ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށްދާކަމަށެވެ.

މިޙާލަތުގައި ހުރިހާ ރައްޔިތުންގެވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.