ޚަބަރު

މާލެ ސިޓީގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރުން މަނާކޮށްފި


ލޮކްޑައުންގެ ވަގުތުގައި މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުން މަނާކޮށްފިއެވެ.

ހެޕްތް ޕޮރޮޓެކްޝަން އެޖެންސީން ވިދާޅުވީ މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއްކަމަށެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް "ލޮކްޑައުން" ކޮށްފައެވެ. މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

އެޗްޕީއޭގެ ބަޔާން ޢާންމުކުރި ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރު އެޅުމަށް ހަމަޖެހިފައިވާ ރައްކާތެރިިކަމުގެ ފިޔަވަޅެއްގެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު "ބަހާއި ފެރީ" ގެ ޚިދުމަތް ހުއްޓައިލުމަށް ނިންމައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ ހުއްޓައިލުމަށް އަންގާފައެވެ.