ޚަބަރު

ކޯވިޑް-19 : ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިޔަނަށް އަރައިފި


ދުނިޔޭގެ އެކި ޤައުމުތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިޔަނަށް ވުރެ މައްޗަށް ހިނގައްޖެއެވެ. ކޯވިޑްނަވާރާއިގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 200 އަށްވުރެގިނަޤައުމަކާއި ޓެރަޓަރީތަކުން މިބަލި ފެނިފައިވާއިރު، މިހާތަނަށް 2,018،560 މީހުންވަނީޖެހިފައެވެ.

މިބަލީގައި މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުން 128،070 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި ޕޮޒިޓިވްވި ދެ މިލިއަން މީހުންގެތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 492،229 އެއްހާމީހުންނެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅު ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ވުހާން ސިޓީން ފެނުނު މިބަލީގައި މިހާތަނަށް އެންމެ ގިނައިން މީހުން ޕޮޒިޓިވެވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން މިހާތަނަށް އެމެރިކާއިން 614,246 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލިޖެހުނު 26,064 މީހުން އެޤައުމުން މިހާރުވަނީ މަރުވެފައެވެ.

އެމެރިގެ އިތުރުން ކޯވިޑް19 އެންމެ ބާރުސްޕީޑްގައި ފެތުރުރިފައިވަނީ އަދި މިހާރުވެސް އެންމެ ނުރައްކާބޮޑު ޤައުމުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ޔޫރަޕްގެ ޤައުމުތަކުގައެވެ. އެގޮތުން ސްޕެއިން، އިޓަލީ ފްރާންސް، ޖަރުމަނުގައި މިބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ ލައްކައަކަށްވުރެ މަތީގައެވެ. އަދި އިނގިރޭސި ވިލާތުގައި މިބަލި ޖެނުނު މީހުންގެ އަދަދު ނުވަދިހަހާހަށްވުރެ އިތުރުވެފައެވެ.
174,060މީހުންނާއެކު ޔޫރަޕްގެ ޤައުމުތަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ސެޕެއިނުންނެވެ. އަދި އެންމެ ގިނަ މީހުން މަރުވީ އިޓަލީންނެވެ. އެއީ 21067މީހުންނެވެ.

މިބަލި ފުރަތަމަ ފެނުނު ޗައިނާއަށްބަލާއިރު، އެޤައުމުންވަނީ 2 މަހެއްހާ ދުވަހުގެތެރޭގައި މިބަލި ވަނީ ބޮޑުތަނުން ކޮންޓްރޯލްކޮށްފައެވެ. އެގޮތުން މިހާތަނަށް އެޤައުމުން 82,295 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، 77,816 މީހުން އެޤައުމުގައި މިބަލިން ރަނގަޅުވެފައިވެއެވެ.