ޚަބަރު

މިއަހަރުގެ ނިޔަލަށް 20 ރަށުގެ ބަނދަރުގެ މަސައްކަތް ނިމޭނެ


ރާއްޖޭގެ އެކި ހިސާބުތަކުގައި ބަނދަރުގެ މަސައްކަތް ހިނގަމުންދާ ރަށްރަށުގެ ތެރެއިން މިއަހަރުގެ ނިޔަލަށް 20 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިމެނޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ފަންސާހަށްވުރެ ގިނަ ރަށުގައި ބަނދަރުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މީގެތެރެއިން 20 ރަށެއްގެ ބަނދަރުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ބަނދަރުގެ މަސައްކަތް ފަށާފައި ހުރި ރަށްތަކުގެ އިތުރުން އިތުރު 17 ރަށެއްގައި ބަނދަރު ހެދުމަށް ކޮންޓްރެކްޓް ޕްލޭންކުރިވިފައިވާ ކަމަށެވެ.

" މިސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ފެންވަރު ރަނގަޅު ފަންކްޝަނަލް ބަނދަރުތަކެއްގެ ގޮތުގައި ބަނދަރުތައް ހެދުން. މިދެންނެވީ ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށް ދިއްލޭ ގޮތަށް، ލައިޓް ހަރުކުރެވޭ ގޮތަށް އަދި އަރާ ފައިބާ މަގުވެސް ޕޭވް ކުރެވި، ރަނގަޅު ފެންވަރަކަށް މިސަރުކާރުން މިހަދާދެނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މަދު ރަށެއް ފިޔަވައި ހުރިހާ ރަށެއްގެ ލަފާ ފުރުމުގެ މައްސަލައަށް ޙައްލު ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަަމަށެވެ. ބަނދަރުގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީއާ ޙަވާލުކޮށްފައިވާއިރު، މަަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިންގ މިނިސްޓަރ ފާހަގަކުރައްވައެވެ.