ޚަބަރު

މަހިބަދޫ ފަޅުގައި އޮތް އުޅަނދުތަކެއްގައި ރޯވެ އަނދައިފި


އދ މަހިބަދޫ ފަޅުގައި އޮތް އުޅަނދުތަކެއްގައި ރޯވެއްޖެއެވެ. އެމްއެންޑިއެފުން ބުނީ މަހިބަދޫ ފަޅުގައި 5 ލޯންޗަކާއި ދެ ޑިންގީއެއްގައި ރޯވެ އަދަމުންދާކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 5:45 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އުޅަނދުތަކުގައި ރޯވި އަލިފާންގަނޑު ނިންވާލެވުނީ ގާތްގަޑަކަށް ތިން ގަޑިރެއްހާއިރު ފަހުންނެވެ.

މި ހާދިސާގައި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސާއި އަމިއްލަ ވިޔަފާރިވެރިވެރިއެއްގެ ދެ ލޯންޗާއި 2 ޑިންގީއެއްގައި ވަނީ ރޯވެފައެވެ. މި ހުރިހާ އުޅަނދެއްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

އަލިފާންގަނޑު ކޮންޓްރޯލްވީ އެމްއެންޑީއެފާއި ފުލުހުންނާއި އެރަށު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.