ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ


ކޯވިޑް-19 އަށް ޕޮޒިޓިވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއާއެކު މިބަލިން ރާއްޖޭގައި ރަނގަޅުވި މީހުންގެ ޢަދަދު 16އަށް މިވަނީ އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 13 ބިދޭސީއަކާއި 3 ދިވެހިންނެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 2 ދިވެހިންނެވެ. މި ބަލި ޖެހުމަށްފަހު ރަނގަޅުވިކަމަށް އެޗްޕީއޭއިން ކަށަވަރު ކުރަނީ، ބަލިޖެހޭ މީހުން ރަނގަޅު ވުމަށްފަހު ދެވަނަފަހަރަށްވެސް ޓެސްޓު ހަދައި އޭގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.