ދުނިޔެ

ދަރަނި އަދާކުރުމަށް ގްރީސްއަށް ލުއިގޮތްތަކެއް ބޭނުން-އައިއެމްއެފް


ގްރީސްއަށް ލޯންދީފައިވާ ބޭރުގެ މާލީ އިދާރާތަކަށް އޮތް ހަމައެކަނި ގޮތަކީ ދަރަނި އަދާކުރުމުގައި ގްރީސްއަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުންކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް އިން ބުނެފިއެވެ.އައިއެމްއެފް ގެ ޑައިރެކްޓަރ ޖެނެރަލް ކްރިސްޓީން ލަގާޑް ވިދާޅުވީ ދަރަނި އަދާކުރުމުގައި ގްރީސްއަށް ލުއިގޮތްތަކެއް ހަމަޖައްސައިނުދީ އެގައުމުގެ ދަރަނީގެ މައްސަލަތައް ހައްލު ނުކުރެވޭނެކަމަށެވެ.ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައް ބޮޑުވެ މާލީ ކާރިސާއަކަށް އެކަންވެފައިވަނީ އެގައުމުގެ ގައުމީ އާމްދަނީއަށްވުރެ ދަރަނީގެ މިންވަރު ބޮޑުވުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ގްރީސްއިން ނަގާލޯންގެ ބޮޑުބައި ދައްކަން ޖެހިފައިވަނީ ކުރިންނަގާފައިވާ ލޯންތަކުގެ އިންޓްރަސްޓް ފައިސާގެ ގޮތުގައެވެ.ދަރަނި އަދާކުރުމުގައި ގްރީސްއަށް ހަމަޖައްސަންޖެހޭ ލުއިގޮތްތަކުގެ ތެރޭގައި އެގައުމުގެ އިގްތިސާދު ރަނގަނޅުވަންދެން ދަރަނި އަދާކުރުމުގެ ކަންތައް ފަސްކޮށްލުން ނުވަތަ "ޑެތް ރީ ސްޓްރަކްޗަރ" ކުރުން ހިމޭކަން އައިއެމްއެފް ގެ ޑައިރެކްޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.