ކޯވިޑް-19ގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާދިނުމަށް ހުޅުމާލޭގައި ތައްޔާރުކުރަމުންދާ 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.
މީގެ އިތުުރން ރައީސް ވަނީ ފަރުކޮޅު ފުށި އައިސޮލޭޗަްނ ފެސިލިޓިވެސް ބައްލަވާލައްވާފައެވެ.
ކޯވިޑް-19ގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާދިނުމަށް 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގައި ހުރި އިމާރާތްތަކެއް ހުސްކޮށް، އެތަންތަން މަރާމާތުކޮށްގެންކަމަށް މައުލޫމާތު ލިބެއެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިމަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. 40 މިލިޔަން ރުފިޔާ ޚަރުކޮށްގެން ހަދާ މިފެސިލިޓީގައި އިތުރު އެކޮމަޑޭޝަން ބްލޮކަކާއި ސަރވިސް ބިލްޑިންގްއެއް ޤައިމްކުރުމަށް ވަނީ ނިންމާފައެވެ.