ޚަބަރު

ވަޒީފާއާއި ބެހޭ ޓްރިބިއުނަލްއަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުން ވީޑިއޯއާއި އޯޑިއޯ މެދުވެރިކޮށް ކުރިއަށްގެންދަނީ


ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއާއި ބެހޭ ޓްރިބިއުނަލްއަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުން ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ގޮތަށް ނިންމި މައިގަނޑު ސަބަބަކީ މި ދަނޑިވަޅުގައި ވަރަށް ގިނަ ފަރާތްތަކަށް ވަޒީފާ ގެއްލެމުން ދިޔުމާއި ގުޅިގެން، އޮފީސް ބަންދުކޮށްފައި ހުންނަ ގަޑިތަކުގައިވެސް މައްސަލަ ހުށަހެޅުމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ޓްރިބިއުނަލްއިން ބުނެއެވެ.

ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކި ކުރާކަމުގެ ޝަކުވާ ލިބެމުންއަންނަކަމަށް އެ އިދާރާއިން ބުނެއެވެ.. މިއާއެކު މިހާރު އެ އިދާރާއިން ބާއްވާ އަޑުއެހުންތަކަށް އެކި ފަރާތްތަށް ހާޒިރުކުރުމަށް ފޮނުވާ އަމުރު ދެން ފޮނުވާނީ އީމެއިލް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްކަމަށް ޓްރިބިއުނަލްއިން ބުނެއެވެ. އަދި އަޑުއެހުން ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އަދި މީގެ ކުރިން ރިސެޕްޝަނުން ދެމުން އައި ޚިދުމަތްތަށް ހަފްތާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:30 އަށް އެ އިދާރާގެ ރަސްމީ ފޯނު ނަމްބަރަށް ގުޅައި ހުށަހެޅޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލްއިން ބުނީ އެ އިދާރާއަށް މައްސަލަ ހުށަހަޅާނީ ކުރިންވެސް ގަވާއިދުގައިވާ ގޮތަށް އީމެއިލް މެދުވެރިކޮށްކަމަށާއި މައްސަލަ ރަޖިސްޓްރީކުރުމުންވެސް ނުވަތަ ބެލެން ނެތް މައްސަލައެއްކަން އީމެއިލް މެދުވެރިކޮށް އަންގާނެކަމަސެވެ.