ޚަބަރު

ބިދޭސީ ލޯބީގެ މައްސަލައެެއްގައި މީހެއްގެ ގަޔަށް ވަޅިހެރި މައްސަލައެއް ބަލަނީ


ބިދޭސީއެއްގެ ގަޔަށް ވަޅިހަރައިގެން އެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ހެންވޭރު ގެއްގެ ކާއިރީގައި މީހެއްގެ ގަޔަށް ވަޅި ހަރައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު މެންދުރު 14:10 ހާއިރު ލިބިފައިވާކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބިދޭސީ އަންހެނަކާއި ފިރިހެއްނަކު ރުޅިވުމުން އަންހެންމީހާ އެ ފިރިހެން މީހާގެ ގެ ކައިރިއަށް ގޮސް އަމިއްލައަށް ގައިގައި ވަޅިއަޅަން އުޅުމުން އެހެން ބިދޭސީ ފިރިހެނަކު އެ އަންހެން މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި ހުއްޓުވަން އުޅުނު ބިދޭސީމީހާގެ އަތުގައި ވަޅި އެޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.