ޚަބަރު

ރައީސް ޔާމީން އދ.ގައި ތަޤްރީރު ކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް
ގައްޔޫމް ފުރަތަމަ ފަހަރަށް އދ.ގެ އާންމު މަޖިލީހުގައި  ތަގްރީރު ކުރައްވާގޮތަށް ތާވަލް ކޮށްފިއެވެ. 



އދގެ
އާއްމު މަޖިލީހުގެ 70 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވާ ގައުމުތަކުގެ
މަންދޫބުންގެ ލިސްޓުގެ ފުރަތަމަ ޑްރާފްޓުގައި ބުނެފައިވަނީ ރާއްޖޭގެ ފަރާތުން
ތަގުރީރުކުރައްވާނީ "ހެޑް އޮފް ސްޓޭޓް" ކަމަށް ދައުލަތުގެ އެންމެ އިސް ފަރާތްކަމަށެވެ. ރާއްޖޭގައި، ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔަކީ
ރައީސުލްޖުމްހޫރިއްޔާއެވެ. 

ސެޕްޓެމްބަރުމަހުގެ ފަނަރައިން އޮކްޓޯބަރުމަހުގެ ހަޔަކަށް އޮންނަ އދ.ގެ އާއްމު މަޖިލީހުގައި ރައީސް
އަބްދުﷲ ޔާމީން ތަގުރީރު ކުރެއްވުމަށް ތާވަލް ކޮށްފައިވަނީ، އޮކްޓޯބަަރު މަހުގެ
އެއްވަނަ ދުވަހުގެ ހެނދުނު ދަންފަޅީގައެވެ.  މިދަންފަޅީގައި
ދުނިޔޭގެ ބޮޑެތި ގައުމު ތަކުގެ ވަރަށް ގިނަ އިސްވެރިން ތަގްރީރު ކުރައްވާގޮތަށް
ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޔަމަން، ބޮސްނިއާ، ސޫދާން، ހޮންޑިއުރާސް،
މަޑަގަސްކަރަ ފަދަ ގައުމުތައް ހިމެނެއެވެ.



ނަމަވެސް
ރައީސް އދ. މަޖްލިހަށް ތަގްރީރު ކުރައްވަން ވަޑައިގަންނަވާކަން ސަރުކާރުގެ
އެއްވެސް ފަރާތަކުން އަދި 
ޔަގީންކޮށްދީފައެއް ނުވެއެވެ. 



މިދިޔަ
އަހަރުގެ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން
ބައިވެރިވެވަޑައިގެންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.