ޚަބަރު

އަންނަ ހަފްތާގައިވެސް އެމްއެމްއޭ އަދި ބޭންކުތަކުން 3 ދުވަހު ހިދުމަތްދޭނެ


ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާގައިވެސް ސަރުކާރު ބަންދުވިނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ބެންކުތައް 3 ދުވަހު ހުޅުވާނެކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 12 އިން 16 އޭޕްރިލްއަށް ސަރުކާރު ބަންދުކޮށްފައި ހުންނަ ދުވަސްތަކުގެ ތެރެއިން 13، 14 އަދި 16 އޭޕްރިލް މި ތިން ދުވަހު، ހެދުނު 9:30 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް އެމްއެމްއޭއާއި ބެންކުތައް ހުޅުވާފައި ހުންނާނެކަމަށެވެ. އަދި މިގަޑިތަކުގައި މަރުކަޒީ ބޭންކުން އާންމުންނަށް ދޭ ހިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަނެ، ދޫކުރާނީ ހެދުނު 9:30 އިން 12:30 އަށެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީ ހެދުނު 9:30 އިން 11:00 ޖެހުމާއި ހަމަޔަށްކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

އެމްއެމްއޭއިން ބުނީ ޖެމްސްގެ ހިދުމަތް ބަލައިގަންނަ އިދާރާތަކާޢި އާންމު ފަރާތްތަކުން އެ އެއޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށްކަމަށެވެ.