ސިޔާސީ

3 ބައި އިލެކްޝަނަކާއިމެދު ބަންޑާރަ ނައިބުގެ ލަފައަކަށް އެދެފި


އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގްކުރެއްވުމާއި ގުޅިގެން މިހާރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ތިން ބައި އިލެކްޝަން ބޭއްވުމާއި މެދު ބަންޑާރަ ނައިބުގެ ލަފައަކަށް މިއަދު އެދިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.މި އިސްލާހުގައި ވާގޮތުން ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލްގެ މެމްބަރަކު ވަކިވިނަމަވެސް ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާނަމަ، ވަކިވި މެމްބަރުގެ ބަދަލުގައި އާ މެމްބަރަކު އިންތިހާބު ކުރުމަށް ލާޒިމް ވެގެނެއް ނުވެއެވެ.އިލެކްޝަންސް ކޮމިޝަނުން ބުނީ ހއ. ދިއްދޫއާއި ހދ. ނައިވާދޫ އަދި ނ. ހެނބަދޫ ކައުންސިލްގެ ބައި އިލެކްޝަންސް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އެކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ވެނިމިފައިވާކަމަށެވެ. އަދި ރަށްރަށަން ފުރަންޖެހޭ ޓީމްތައްވެސް މާދަމާ ފުރަންހަމަޖެހިފައިވާކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ. މި ތިން ކައުންސިލްގައިވެސް ކައުންސިލްގެ ބައްދަލުުވުންތައް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.