ދުނިޔެ

ތޯލިބާން ޖަމާއަތުގެ ލީޑަރު މުއްލާ މުހައްމަދު އުމަރު މަރުވެއްޖެ


އަފްޙާނިސްތާންގެ ތޯލިބާން ޖަމާއަތުގެ ލީޑަރު މުއްލާ މުހައްމަދު އުމަރު މަރުވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން މައުލޫމާތު ދީފައިވާ ކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފި އެވެ.މުއްލާ އުމަރު މަރުވެފައި ވަނީ މީގެ 2 އަހަރު ނޫނީ 3 އަހަރު ކުރިން ކަމަށް އަފްޣާނިސްތާނުގެ އިންޓެލިޖެންސް އިދާރާތަކުން ބުނެފައިވެ އެވެ. މި ހަބަރާއި ގުޅިގެން ތޯލިބާން ޖަމާއަތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ވަރަށް އަވަހަށް އެ ޖަމާއަތުން ބަޔާނެއް ނެރޭނެކަމަށް އެ ޖަމާއަތުގެ ތަރުޖަމާނު ބީބީސީ އަށް އަންގާފައިވެ އެވެ.މުއްލާ އުމަރުގެ މަރުވެފައިވާ ކަމަށް މީގެ ކުރިން އެތަށް ފަހަރަކު ދެކެވިފައިވެ އެވެ.