ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ކުރާދަތުރުތަކުގެ ޓިކެޓުގެ އަގު މުރާޢާޖާކޮށް އަގުތަށް ހެޔޮކޮށްފިއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަނުން ބުނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އެއެއަރލައިންނުން ކުރިއަށް އޮތްތަނުގައި ޤައުމުތަކަށް ކުރާ ދަތުރުގެ ޓިކެޓުގެ އަގު މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީލިމިޓެޑްގެ އެހީތެރިކަމާއެކު މުރާޖަޢާކޮށް އަގުތައް ކަނޑައަޅާފައިވާކަމަށެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެކި ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާޢްޖެ ނާދެވިފައިތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަނުންވަނީ ދަތުރުތަކެއް ފަށާފައެވެ. އެގޮތުން މިހާތަނަށްވަނީ އިންޑިއާގެ ކޮޗިން އާއި ސްރީލަންކާގެ ކޮލަމްބޯގައި ތިބި ބައެއް ދިވެހިން މާލެ ގެނެސްފައެވެ. އެދެ ތަނަކީވެސް ކުރިން މޯލްޑިވިއަނުން އާންމު ދަތުރުތައް ބާއްވާ ތަންތަނެއް ނޫނެވެ.
މޯލްޑިވިއަނުން ޓިކެޓްގެ އަގުތައް މުރާއަޖާކޮށްފައިމިވަނީ އެންމެފަހުން އެ އެއަރލައިނުން ބައެއް މަންޒިލްތަކަށް ކުރި ދަތުރުތަކުގެ ޓިކްޓް އަގުބޮޑުކަމަށްބުނެ ބައެއް މީހުން ކަނބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މީގެ އިތުރުން މެލޭޝިޔާއާއި އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިން މާލެ ގެނައުމަށް އިތުރު ފްލައިޓްތައް ބާއްވާނެކަންވެސް މޯލްޑިއަނުން ވަނީ ހާމަކުރައްވާފައެވެ. ޓްރިވެންޑްރަމް ދަތުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ.
މިދަތުރުތަކުގައި އެތަންތަނުގައި ތިބި ދިވެހިންނަށް ކެއަރޕެކޭޖް ފޮނުވުމުގެ ފުރުޞަތުވެސް ދަނީ ފަހޮކޮށްދެމުންނެވެ. އެންމެ ފަހުން މެލޭޝިޔާއަށް މޯލްޑިވިއަނުންކުރި ދަތުރުގައި ރާއްޖޭގައި ތިބި އެޤައުމުގެ 30 މީހުން މެލޭޝިޔާއަށް ވަނީ ގެންގޮސްފައެވެ.