ޚަބަރު

މިމަހުގެ ނިޔަލަށް ފިލިޕީންސްގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި


ފިލިޕީންސްގެ ވެރިރަށް މެނީލާގެ މަގެއް ބަންދުކޮށްފަ - ފޮޓޯ: ރޮއިޓަރސް

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފިލިޕީނަސްގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އެންމެ ފުރަތަމަ އެޅި ޤައުމުތަކުގެ ތެރޭގައި ފިލިޕީންސް ހިމެނެއެވެ. މީގެ އެއްމަސް ދުވަސްކުރިން އެޤައުމުން ފުރަތަމަ ފަހަރަށް ވައިރަސް ފެނުމުން އާންމުން ބޭރަށް ނުކުމެ އެއްވެއުޅުންވަނީ މަނާކޮށްފައެވެ. އޭރު އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އަންނަ ހަފުތާއަށް ހަމަވާނެއެވެ. ނަމަވެސް އެމުއްދަތު އޭޕްރިލް މަހުގެ ނިޔަލަށް އިތުރުކުރުމަށް ފިލިޕީންސްގެ ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ފިލިޕީންސްގައި 3,660 މީހުންނަށް ކޯވިޑް-19ގެ އަސަރު މިހާތަނަށް ކޮށްފައިވެއެވެ. އަދި މަރުވި މީހުންގެ ޢަދަދު 163އަށް އަރައެވެ.