ޚަބަރު

ޖަރުމަނުގައި ހުންނަ ރާއްޖޭގެ ކޮންސުލް އަވަހާރަވެއްޖެ


ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މޫދަށް އެރިވަޑައިގެން އުޅުއްވަނިކޮށް ޖަރުމަންގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ގޮޓްފްރެޑް މުކޭ އަވާހާރަވެއްޖެއެވެ.ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ،  ގޮޓްފްރެޑް މުކޭ އަވަހާރަވި ޚަބަރު ލިބުމުން  އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާކަމަށާއި، ހިތާމައިގެ މިވަގުތު އާއިލާއަށް އިޚްލާސްތެރި ތައުޒިޔާ ދަންނަވާކަމަށެވެ.ގޮޓްފްރެޑް މުކޭ އަކީ 1983ވަނަ އަހަރުން ފެށިގެން ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ މަގާމުއަދާކުރައްވާ ވަރަށްގިނަ ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅުކެވެ. އޭނާ ރާއްޖެވަޑައިގެންނެވީ މިނިވަން 50ގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައެވެ. މުކޭ އަރިހުގައި އަނބިކަނބަލުންވެސް ރާއްޖެ ވަޑައިގެން ހުންނެވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.ފުލުހުން ބުނީ ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި މޫދައްއެރި އުޅެނިކޮށް 83 އަހަރުގެ ފިރިހެނަކު މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، މިހާރު އޭނާގެ ހަށިގަނޑުވީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައިކަމަށެވެ.