ޚަބަރު

މިއަދުގެ ހުކުރު ނަމާދު ތުލުސްދޫއިން


މާލެ ސަރަހައްދުގައި މިއަދު ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވި ކަމުގައި ވީނަމަވެސް ކ ތުލުސްދޫގައި މިއަދުކުރެވޭ ހުކުރު ނަމާދުގެ ޕީއެސްއެމްގެ ޗެނަލްތަކުން ދުރަށް ދައްކާނެއެވެ.

ކ ތުލުސްދޫ މަސްޖިދުލް ތަޤްވާގައި ކުރެވޭ ހުކުރު ނަމާދު ގެ ލައިވްފީޑް ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށްވެސް ޕީއެސްއެމުން ދޫކުރާނެއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "އިސްރާފުކުރުމުގެ ނުބައިކަން " މި މައުޟޫއެވެ. މަސްޖިދުލް ތަޤްވާގައި އިމާމްވެ ހުކުރު ނަމާދުކުރައްވާނީ އައްޝައިޙް އަލީ ޒައިދުއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ނިންމަވާފައެވެ. އަދި މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ވަގުތު ވަނުމުން ގޭގައި ހަތަރު ރަކުއަތް ނަމާދު ކުރުމަށް ވަނީ އަންގަވާފައެވެ.

މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ޖަމާއަުގައި ނުކުރި ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ހުކުރު ނަމާދު ޖަމާއަތުގައި ކުރުން އޮންނާނެއެވެ.