ޚަބަރު

މިހާރު ފަތަހަ މޯލްއިން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ، ޑެލިވަރ ވެސް ކޮށްދޭނެ


ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކި ބާވަތުގެ މުދަލުގެ ވިޔަފާރި ކުރަމުންދާ ފަތަހައިގެ ފިހާރަތަކުން ވިއްކާ މުދާ އޮންލައިންކޮށް ގަނެވޭނެ ގޮތް ހަދައިފިއެވެ.

މިއީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ކަސްޓަމަރުންނަށް ފަސޭހައިން ތަކެތި ގަނެވޭނެ އިންތިޒާމްް ހަމަޖެއްސުމަށާއި، މި ވައިރަހުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތަޢް އެއްބާރުލުން ދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެކެވެ. މިއާއެކު ފަތަހައިގެ ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ފަތަޙައިގެ ހުރިހާ ފިހާރައެއްވެސް ހުކުރު ދުވަސް ނޫން ހުރިހާ ދުވަހެއްގައި ހުޅުވާފައި ހުންނާނީ:
- ހެނދުނު 9:00 އިން މެންދުރު 12:00 އަށް
- މެންދުރުފަހު 1:30 އިން ހަވީރު 4:30 އަށް
- ރޭގަނޑު 8:15 އިން 11:00 އަށް

އަދި ހުކުރު ދުވަހު މެންދުރު 2:00 އިން ހަވީރު 4:30 އަށާއި ރޭގަނޑު 8:15 އިން 11:00 އަށެވެ.

މި ގަނޑިތަކުގެ އިތުރުން ފަތަޙަ މޯލް މެދުވެރިކޮށް އޮންލައިންކޮށް ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި ޑެލިވާކުރުމުގެ ހިދުމަތްވެސް ފަތަޙައިން ވަނީ ފަށާފައެވެ. އަދި ފިހާރަތައް ބަންދު ގަޑިތަކުގަ އާއި އެހެނިހެން ގަޑިތަކުގައި ފަތަޙަ މޯލްގެ ފޭސްބުކް ޕޭޖުންނާއި ހޮޓްލައިން ނަންބަރު 3347709 ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެކަމަށްވެސް ފަތަޙައިގެ މެނޭޖްމަންޓުން މައުލޫމާތުދެއެވެ.

ފޭސްބުކް މެދުވެރިކޮށް ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ ތަކެތީގެ ތަފްސީލާއި ފައިސާ ދައްކަން ބޭނުންވާ ގޮތް ބަޔާން ކުރުމަށްފަހު ފަތަހަ މޯލްގެ ފޭސްބުކް ޕޭޖަށް މެސެޖު ފޮނުވުމުން 24 ގަޑިއިރު ތެރޭގައި ތަކެތި ޑެލިވާ ކޮށްދޭނެކަމަށް ފަތަޙައިގެ މެނޭޖްމަންޓުން ބުނެއެވެ. އަދި އޯޑަރކުރާ ތަކެއްޗަށް އޮންލައިންކޮށް ނުވަތަ ޑެލިވަރ ކުރުމުން ނަގުދު ފައިސާވެސް ދެއްކޭނެކަމަށް ފަތަހައިން ބުންޏެވެ.

ފަތަހަ މޯލް އަކީ ގިނަ ބާވަތެއްގެ މުދާ އެއްތަނަކުން ލިބެންހުންނަ ފިހާރައެކެވެ. ޢަދި ފަތަހައިގެ ފިހާރަތަކުން އާންމުކޮށް ގޭގޭގައި ގެންގުޅޭ ހުރިހާ ސާމާނެއްކަހލަ ގޮތަކަށް ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ.