ޚަބަރު

މަރަދޫއަށް އަރާ މުދަލަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީ މަރަދޫއަށް އަރާ އާޢްމުންގެ މުދަލަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަދުވަހުގެރޭ ދަންވަރު މަރަދޫއަށް އަރާ އާއްމުންގެ މުދަލަށް ބަޔަކު ގެއްލުންދިން މައްސަލައެއް އެ އިދާރާއަށް ހުށައަޅާފައިވާކަމަށެވެ.

އައްޑޫސިޓީ ހިތަދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެެއްގައި މި މައްސަލަ އާއި ގުޅިގެން ތުހުމަތުކުރޭ ދިވެހި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.