މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑްގައި ސައިކަލް ދުއްވި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މާލޭގެ މަގުތަކުގައި ދުއްވާ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ފުލުހުންގެ އަހަރީ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ 19 އަހަރުގެ މި ޒުވާނާ ހައްޔަރުކޮށްފައިވަނީ މިއަދު 06:12 އެހާކަންހާއިރު މާލޭގެ އެކި މަގުތަކުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފޭދޭ ގޮތަށް ބާރު ސްޕީޑްގައި ނުރައްކާތެރި ގޮތަކަށް ސައިކަލް ދުއްވަމުން ދަނިކޮށްކަމަށެވެ.
19 އަހަރުގެ މި ޒުވާނާއަކީ ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އަމީނީމަގުގެ ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހުއްޓުވުމަށްފަހުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ ބަންދެއް ކޯޓުން ޖަހާދީދައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މާލެ ތެރޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވުމަކީ ވަރަށް ގިނައިން ފެންނަކަމެކެވެ. އަދި ބައެއް ސަލާމަތީ ބާރުތަކާއި އެމްބިއުލާންސް ތަކުގައި ބޭނުންކުރާ ސައިރަން އަޅަމުން ދުއްވާ ފަރާތަށްވެސް ފެނެއެވެ.