ޚަބަރު

3 މިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާކޮށްފި


ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ގިނަ ބައެއްގެ މައްޗަށް ދަޢުވާކޮށް 3 މިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުން ފެށިގެން ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވަރކެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއޮޕަރޭޝަންގައި 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ގިނަ ޢަދަދެއްގެ ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރާ މައްސަލައިގަ، ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 8 މީހެއްގެ މައްޗަށެވެ.

  • އެދަޢުވާތަކަކީ:-
  • ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ
  • ގދ. ހޯނޑެއްދޫ، ގުލޭނޫރެންމާގެ ޢަލީ ޒުބައިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ
  • ގދ. ހޯނޑެއްދޫ، އިރުމަތީގެ އަޙްމަދު ސުނައިނުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ
  • މއ. ވައިލެޓްމާގެ އަސްލަމް ނާޡިމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ
  • ލ. ކަލައިދޫ، މަތަރަސްމާގެ ޙުސައިން ޒަހީންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ
  • ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް އަޙްމަދު ޤިޔާސްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ
  • މ. ދާރުލްޤަރާރު އިސްމާޢީލް ވިޝާލްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ
  • ޅ. ނައިފަރު، މިސްކިތްދޮށުގެ އަޙްމަދު އިމްސާޙްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި
  • ބައިވެރިވުމުގެ ކުށުގެ ދަޢުވާ


ޕީޖީ އޮފީހުން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދިކަމަށް ތުޙުމަތުކުރެވޭ ތިން މިލިއަން ހަތްލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ދެ ރުފިޔާ ދައުލަތަށް ނަގައިދިނުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އެދިފައިވާނެކަމަށެވެ.