ވިޔަފާރި

ކޯވިޑް-19: ޝެޑިއުލް ފްލައިޓުތަކުގެ ބަދަލުގައި ސީ ޕްލޭން ދަތުރުތައް ކުރުމަށް މަންޓާ އެއަރން ނިންމައިފި


ދިވެހިންނަށް އަމާޒްކޮށްގެން މަންޓާ އެއަރގެ ސީ ޕްލޭން ދަތުރުތައް ދ.އަތޮޅަށާއި ބ.އަތޮޅަށް ފެށުމަށް އެއަރލައިނުން ނިންމައިފިއެވެ.

މާދަމާއިން ފެށިގެން މި ދެ އަތޮޅަށް ސީ ޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު ދުވާލަކު އެއް ދަތުރު ކުރާނެއެވެ.

އެ އަތޮޅުތަކަށް ސީ ޕްލޭން ދަތުރުތައް ފެށުމަށް ނިންމާފައި މިވަނީ އެ މަންޒިލްތަކަށް އެއަރލައިނުން ކުރާ ޝެޑިއުލް ފްލައިޓުތަކުގެ ދަތުރުތައް ހުއްޓާލަން ނިންމުމާއިވެސް އެކުގައެވެ.

މަންޓާއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ދަތުރުތަކުގެ ޑިމާންޑު ވަރަށް ބޮޑަށް ދަށްވެ ކުންފުންޏަށް ގެއްލުންތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.

އެހެން ނަމަވެސް މުޅިން ދަތުރުތައް ހުއްޓާލުމުގެ ބަދަލުގައި ސީ ޕްލޭންގެ ދަތުރުތައް އެ ދެ އަތޮޅަށް ބޭއްވުމަށް ނިންމީ ކަމަށްވެސް މަންޓާ އެއަރ އިން ހާމަކުރެއެވެ.

މިމަހުގެ 16ވަނަ ދުވަހު މަންޓާ އެއަރ އިންވަނީ ގއ.ކޫއްޑުއަށް ކުރަމުންދިޔަ ދަތުރުތައްވެސް ހުއްޓާލައެވެ.