ޚަބަރު

މިނިވަން ފަންސާސް ފަންސާސް މެލޭޝިޔާގައި ފާހަގަކޮށްފި


ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން މެލޭޝިޔާގައި ފާހަގަކޮށްފިއެވެ.މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީންވަނީ ޚާއްސަ ހަފްލާއެއްވަނީ ބާއްވާފައެވެ. މިޙަފްލާގައި މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ އެކްޓިންގ ހައިކޮމިޝަނަރ މުހައްމަދު ފަހުމީ ހަސަންވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި ތަހްނިޔާގެ މެސެޖް އިއްވަވާދެއްވާފައެވެ.މެސެޖް އިއްވަވާ ދެއްވުމަށްފަހު އެކްޓިންގ ހައިކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަމުގެ ދިގު މިތާރީޚުގައި ރާއްޖޭގެ ތަރައްޤީއަށް އައިސްފައިވާ ކުރިއެރުމުގައި ދިވެހިންގެ ގިނަ ބައެއްގެ ޝާމިލްވުން ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމަށްޓަކައި ދިވެހި އަބްޠާލުން ކުރެއްވި މިންނެތް މަސައްކަތްޕުޅު ފާހަގަކުރައްވާ އެކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.މެލޭޝިޔާގެ ސަންވޭ ޔުނިވަރސިޓީގައި އިއްޔެ ހަވީރު ބޭއްވެވި މިހަފްލާގައި ދިވެހިންގެ ގިނަބަޔަކު ބައިވެރިވިއެވެ. އަދި މެލޭޝިޔާގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.