ޚަބަރު

މިނިވަންދުވަހުގެ ޕެރޭޑާއި ރޫޓްމާޗް ރައީސް ބައްލަވާލައްވައިފި


މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި، މިއަދު ހަވީރު މާލޭގެ މަގުތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބޭއްވި ޕެރޭޑާއި ރޫޓްމާޗް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ.ޕެރޭޑާއި ރޫޓްމާޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުކުމެވަޑައިގަތީ މުލިއާގޭ ކުރިމައްޗަށެވެ. މިއަދުގެ ޕެރޭޑާއި ރޫޓްމާޗް ފެށިފައިވަނީ ހަވީރު 16:15 ގައި ސިފައިންގެ ބަނޑޭރިކޮށިންނެވެ. މި ޕެރޭޑާއި ރޫޓްމާޗްގައި އެމްއެންޑީއެފްގެ ބޭންޑާއި ސިފައިންގެ ލަޝްކަރީންނާއި ޕޮލިސްގެ ލަޝްކަރީންގެ އިތުރުން މާލޭގެ ބައެއް ސްކޫލްތަކުންވެސް ބައިވެރިވެފައިވެއެވެ.