ޚަބަރު

މިނިވަން ފަންސާހަށް ޚާއްސަ ސްޓޭމްޕް ސެޓެއް ނެރެފި


ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ މުނާސަބާތާ ގުޅުވައިގެން ޚާއްސަ ސްޓޭމްޕް ސެޓެއް ނެރެފިއެވެ.މޯލްޑިވްސް ފޯސްޓް ލިމިޓެޑުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިވަން 50 ސްޓޭމްޕް ސެޓް ނެރެދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމްތްކުރެއްވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ. ސްޓޭމްޕް ސެޓް ނެރެދެއްވުމަށްފަހު އުމަރު ޒާހިރުވަނީ ސްޓޭމްޕް ސެޓްގައި ސޮއިކުރައްވާފައެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އުމަރު ނަސީރަށް މިނިވަން ފަންސާސް ސްޓޭމްޕް ސެޓް  ޕޯސްޓް ލިމިޓެޑުން ވަނީ އަރުވާފައެވެ.މިއަދު ނެރުނު ސްޓޭމްޕާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަފީޤު ވިދާޅުވީ،  ސްޓޭމްޕަކީ ފައިސާ ދެއްކުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާ ވަރަށް ބާރުގަދަ ވަސީލަތެއްކަމަށެވެ. އަދި  މިއަދު ނެރުނު ސްޓޭމްޕްގައި، އެހެން ސްޓޭމްޕްތަކާއެއްގޮތަށް ޤައުމީ ޝަޚުސިއްޔާތު ދައްކުވައިދީފައިވާނެކަމަށާއި، އެ ސްޓޭމްޕުގައި މިނިވަންކަން ދައްކުވައިދޭނެ ކަމަށް ޝަފީޤު ވިދާޅުވިއެވެ.