ޚަބަރު

ސިފައިންގެ ޝަރަފްގެ ހިނގާލުން މިއަދު ހަވީރު އޮންނާނެ


މިނިވަން ދުވަހުގެ ސިފައިންގެ ޝަރަފްގެ ހިނގާލުން މިއަދު ހަވީރު އޮންނާނެއެވެ. މާލޭގައި ބާއްވާ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ މިއަދު ހަވީރު 4:15 ގައެވެ. ބަންޑާރަކޮށިން ނުކުމެގެން އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް ޗާންދަނީ މަގުން ދެކުނަށް، މެދުޒިޔާރަތް މަގުން އިރަށް ގޮސް ސޯސަން މަގުން ދެކުނަށް، މަޖީމަގުން ހުޅަނގަށް، އަދި ނަލަހިޔާ ކައިރިން އޯކިޑުމަގުން އިރަށް ގޮސް ބަންޑާރަކޮށްޓަށް ނިންމާގޮތަށެވެ. މި ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ލަޝްކަރު މަޑުކުރުމަށްފަހު ސިފައިންގެ ބޭންޑްގެ ރާގުތައް ކުޅުމަށް ހަމަޖެހިފައިވަނީ މުލިއާގޭ ކުރިމައްޗާއި ސޯސަންގެ ކައިރިއާއި އަދި ބިއްލޫރިޖެހިގޭގެ އިތުރުން އޯޑިއޯން އަދި ސްޕްރީމް ކޯޓް ކައިރީގައެވެ. މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުމުގައި ބައިވެރިވާ ސްކޫލް ދަރިވަރުންނާއި އެހެނިހެން މުއައްސަސާތަކުގެ ޕެރޭޑްވެސް މިއަދު އޮންނާނެއެވެ. މި ޕެރޭޑްތައް ފެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ކުރިއަށްދާ މަގުތަކުގެ، ކަނޑައެޅޭ ވަކި ޚާއްޞަ ސަރަހައްދުތަކުންނެވެ.