މުނިފޫހިފިލުވުން

އިންޓަރނޭޝަނަލް ޓީވީ ޝޯއެއްގެ ފްރެންޗައިޒް ރާއްޖޭގެ ޓީވީއަކަށް


މޯލްޑިވިއަން އައިޑޯލް ޝޯ ޕަބްލިކް ސާރވިސް މީޑިއާއިން
ރާއްޖެއަށް ތައާރަފްކޮށްފިއެވެ. މި ޝޯއަކީ ބައިނަލްއަގްވާމީ ފެންވަރުގެ
ޝޯއެއްކަމަށާއި މިޝޯ ކުރިއަށްދާނީ އައިޑޮލް ޝޯތައް ގެނެސްދޭ ވިމެންޓަލް މީޑިއާއާ ގުޅިގެންކަމަށް ޕަބްލިކް ސާވިސް މީޑިއާއިން މައުލޫމާތުދެއެވެ. މި ޝޯގައި
ބައިވެރިވުމުގެ ފުރަސަތު ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް
ހުޅުވާލެވިގެންދާނެކަމަށްވެސް ޕީއެސްއެމްއިން މައުލޫމާތުދެއެވެ. އެގޮތުން މި ޝޯގެ
ގައިޑްލައިންތައް ވަރަށް އަވަހަށް ހެދި އިއުލާންކުރެވޭނެކަމަށް އެފަރާތުންވަނީ
ބުނެފައެވެ. މިރޭ ރާޅުގަނޑު ސަރަހައްދުގައި
ކުރިއަށްދިޔަ މިއުޒިކް ޝޯގައި މޯލްޑިވިއަން އައިޑޯލް ޝޯ އިފްތިތާހްކޮށްދެއްވީ އެމްއެމްޕީއާރުސީގެ
މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުއެވެ. މި ޝޯ ކުރިއަށްގެންދާނީ
އެމްއެމްޕީއާރުސީއާއި އެންސީއޭގެ އެހީތެރިކަމާއިއެކުކަމަށް ޕީއެސްއެމްއިން
މައުލޫމާތުދެއެވެ. މި ޝޯއަކީ ލަވަކިއުމުގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް
އެފަރާތްތަކުގެ ހުނަރު ބައިނަލްއަގްވާމީ ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު
ހޯދައިދިނުމުގެ ގޮތުން ބާއްވާ ޝޯއެއްކަމަށް ޕީއެސްއެމްއިން ހާމަކުރެއެވެ. މިއީ
އިންޓަރނޭޝަނަލް ޓީވީ ޝޯއެއް ފްރެންޗައިޒް އުސޫލުން ރާއްޖޭގެ ޓީވީ ޗެނަލްއެއްގައި
ދެއްކުމަށް ހަމަޖެހުނު ފުރަތަމަ ފަހަރެވެ. 150 ގައުމެއްގައި މިހާރުވެސް ވިމެންޓަލް
މީޑިއާއިން ކުރިއަށްގެންދާ މި ޝޯއަކީ ހަތަރު މިލިއަނެއްހާ މީހުން މިހާރުވެސް
ބަލަމުންދާ ޝޯތަކެކެވެ.