ޚަބަރު

އޮންލައިކޮށް މަޖިލިސް ޖަލްސާތައް ބާއްވާނީ 92 ބައިވެރިންނާއި އެކު

92 ބައިވެރިންނާއި އެކު ވެބް ކޮންފަރެންސް ޗެނަލެއްގައި ހިމަނައިގެން ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ބާއްވާނެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމެޓީން ފާސްކުރި އުސޫލްގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދާނީ މަޖިލީހުގެ 87 މެމްބަރުންނާއި އަމީން ޢާންމާއި ކައުންސެލް ޖެނެރަލާއި ސާޖަންޓް އެޓް އާމްސްގެ އިތުރުން އެ މަސައްކަތާއި ގުޅޭ އިދާރީ މުވައްޒަފުން ހިމެނޭގޮތަށެވެ.

މި އުސޫލްގައިވާ ގޮތުން މައިކްރޮސޮފްޓް އޮފީސް 365 ބިޒްނަސް ލައިސަންސް މަޖިލީހުގެ އިދާރާއިން ގަނެފައިވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އީމެއިލް އެޑްރެސް ހަދާދީ ހުރިހާ މެމްބަރުންނަށް ޕާސްވޯޑް ވަނީ ހަދާދީފައެވެ.

ވެބް ކޮންފަރަންސިން މެދުވެރިކޮށް ބޭއްވޭ މަޖިލީހުގެ ޖަލްސާތަކަށް އެންގުމާއި ޖަލްސާގެ އެޖެންޑާ މެންބަރުންނާ ހިއްސާކުރާނީ އެސް.އެމް.އެސް މެދުވެރިކޮށްކަމަށް މި އުސޫލްގައިވެއެވެ. އަދި ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން މެންބަރުންނަށް ނޯޓިފިކޭޝަންއެއް މަޖިލީހުގެ އިދާރާއިން ފޮނުވާނެކަމަށާއި ޖަލްސާ ފެށުމުގެ 5 މިނެޓް ކުރިން އަދި އެއްވެސް ވޯޓެއް
ނެގުމުގެ 5 މިނެޓްކުރިން ނުވަތަ ކޯރަމް ހަމަނުވާނަމަ، ހުރިހާ މެންބަރުންނަށް ނޯޓިފިކޭޝަންއެއް ފޮނުވާނެކަމަށްވެސް މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކުރި އުސޫލްގައިވެއެވެ.

ކޮމެޓީން ފާސްކުރި އުސޫލުގައިވާ ގޮތުން ބަހުސަށް ހުޅުވާލެއްވުމުން، މެންބަރުން ފުރުޞަތަށް އެދިވަޑައިގަންނަވަންޖެހޭނީ ވެބް ކޮން ފެރެންސިންގ އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެންނެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ވަކިން މެންބަރުންނާ ސުވާލުކުރައްވައިގެންކަމަށްވެސް މި އުސޫލްގައިވެއެވެ. އެގޮތުން ވޯޓު ނެގުމުގައި ކޮންމެ މެންބަރެއްގެ ނަން އިޢުލާނުކުރުމުން ފެންނަނަމަ "ފެނޭ" ނުފެންނަނަމަ "ނުފެނޭ" އަދި ވަކިގޮތަކަށް ވޯޓް ދޭން ބޭނުން ނޫންނަމަ "ވޯޓް ނުދެން" މިހެން ހާމަކުރަން ޖެހޭނެކަމަށްވެސް އުސޫލްގައިވެއެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށްދާ ޖަލްސާތަކުގައިވެސް މަޖިލީހުގެ ރައީސްގެ އަމުރަށް މެންބަރުން ކިޔަމަންނުވެއްޖެނަމަ، މަޖިލީހުގެ ގަވާއިދުގެ 65ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރާނެކަމަށްވެސް ކޮމެޓީން ފާސްކުރި އުސޫލުގައިވެއެވެ.

ކޯވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން މަޖިލީހުން ނިންމީ މިމަހުގެ 24 ވަނަދުވަހުއެވެ.