ޚަބަރު

މިނިވަން ފަންސާހާއި ގުޅުވައިގެން ހާއްސަ ހަނދާނީ ނޫޓެއް ނެރެފި


މިނިވަން ފަންސާހާއި ގުޅުވައިގެން ދިވެހި ރާއްޖޭގައި ތާރީޚުގައި ފުރަތަމަ ފަހަރަށް ނެރޭ ފައިސާގެ ހަނދާނީ ނޫޓް ނެރެފިއެވެ.މި ހަނދާނީ ނޫޓް ނެރެފައިވަނީ މިނިވަންދުވަސް ފާހަގަ ކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. މި ފައިސާގެ ހަނދާނީ ނޫޓް ނެރެދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްސައްތާރު މޫދާ ދީދީއެވެ. މިނިވަން ފަންސާހާއި ގުޅުވައިގެން ނެރުނު ހަނދާނީ ނޫޓުގެ މޫނުމަތީ އަގަކީ ފަސްހާސް ރުފިޔާއެވެ.މި ނޫޓް ފަރުމާކޮށްދެއްވާފައިވަނީ ދިވެހި ޒުވާން ފަންނާނެއް ކަމަށްވާ އަބްދުﷲ ނަޝާތުއެވެ.ދިވެހި ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން އެމްއެމްއޭ އިން ކުރިން ވަނީ އެއްހާސް ރުފިޔާގެ ރަން ފައިސާ ފޮއްޗަކާއި ފަސްސަތޭކަ ރުފިޔާގެ ރިހި ފައިސާ ފޮއްޗެއްވެސް ނެރެފައެވެ.