ޚަބަރު

ރެޑްވޭވުން މާލޭގައި ޑެލިވަރީގެ ޚިދުމަތްފަށައިފި


ރާއްޖޭގައި ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރަމުންދާ ރެޑްވޭވުން މާލޭގައި ޑެލިވަރީގެ ހިދުމަތް ފަށައިފިއެވެ.

ރެޑްވޭވުން ބުނީ މިހިދުމަތް ފެށީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ކަސްޓަމަރުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ރެޑްވޭވުން ވަނީ ހުޅުމާލޭގައިވެސް ޑެލިވަރީ ޚިދުމަތްދޭން ފަށާފައެވެ.

މިގޮތުން ކާބޯތަކެތީގެ އިތުރުން އާންމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް ރެޑްވޭވްއިން ކަސްޓަމަރުންނަށް ޑެލިވަރކޮށްދޭނެކަމަށް ރެޑްވޭވުން މައުލޫމާތުދެއެވެ.

އެގޮތުން ހެނދުނު 09:00 އިން ރޭގަނޑު 09:30 ހަމައަށް ކަސްޓަމަރުންގެ އޯޑަރުތަށް ބަލައިގަނެ ޑެލިވަރީކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ރެޑްވޭވުން މައުލޫމަާތު ދެއެެވެ. އަދި ދެވޭ އޯޑަރ ތަކަށް ފައިސާ ދެއްކުމަށްޓަކައި، ނަގުދުފައިސާ، ބީއެމްއެލް ކާޑް އަދި ބީއެމްއެލް ޓްރާންސްފަރ ވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ރެޑްވޭވުން މައުލޫމާތު ދިންގޮތުގައި އޯޑަރުދޭ ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޑެލިވަރީ ކޮށްދެނީ 200ރ އިން މަތީގެ ވިޔަފާރިތަކުންނެވެ. ޑެލިވަރީގެ ޚިދުމަތް ހޯދުމަށްޓަކައި މާލޭގެ ކަސްޓަމަރުން 9192299 އަށް "ވައިބަރ"އިން ބޭނުންވާ ތަކެތީގެ މައުލޫމަތާއި، ކަސްޓަމަރުގެ ނަމާއި، ގުޅޭނެ ނަމްބަރާއި، އެޑްރެސްގެ އިތުރުން ފައިސާ ދައްކަންބޭނުންވާ ގޮތް ފޮނުވާލުމުން ނިމުނީއެވެ.

ހުޅުމާލެ ކަސްޓަމަރުންނަށް އޯޑަރދިނުމަށް މިހާރު ހަމަޖެހިފައިވާ ނަންބަރަކީ 9193399 އެވެ.

ރެޑްވޭވުގެ އިލްތިމާސަކީ ވީހާވެސް ގިނަ ކަސްޓަމަރުންނެއް މިޚިދުމަތް ހޯއްދަވައި، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުމާއިއެކު ގޭގައި ތިއްބަވައިގެން ކޮންމެ ބޭފުޅަކު ފަރުދީ ޒިންމާއަދާކުރުމެވެ.